App logo

Chiph Shif

@248109209824

98

friends

Sometimes you will never know the VALUE of a moment, untill it becomes a MEMORY. 😢😢 ގެތައް ބޮޑެތިވެފައި ރީތި ވެއްޖެއެވެ. ނަމަވެސް، ޢާއިލާތައް ކުޑަވެއްޖެއެވެ. ބޭސްވެރިކަން ކުރިއަރައި ތަރައްޤީވެއްޖެއެވެ. ނަމަވެސް ޢާއްމު ޞިއްޙަތު ގޯސްވެއްޖެއެވެ. ހަނދަށް ވާޞިލުވެ، ހަނދާއިބެހޭ މަޢުލޫމާތުވެސް ހޯދިއްޖެއެވެ. ނަމަވެސް، އަވައްޓެރިންނަކީ ކޮބައިކަމެއް ނޭނގެއެވެ. ފައިސާ އިތުރުވެއްޖެއެވެ. ނަމަވެސް، ހިތުގެ ހަމަޖެހުން ފިލައި ހިނގައްޖެއެވެ. ވިސްނުން ތޫނުކަން އިތުރު ވެއްޖެއެވެ. ނަމަވެސް، ޙިކުމަތްތެރިކަން މަދުވެއްޖެއެވެ. ރަޙްމަތްތެރިން ގިނަވެއްޖެއެވެ. ނަމަވެސް، ވަފާތެރިކަން ގެއްލި ހިނގައްޖެއެވެ. އެކަކު އަނެކަކު ދެނެގަތުން އިތުރުވެއްޖެއެވެ. ނަމަވެސް، އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަނެ، އެކަމަށް އިޙްތިރާމުކުރުން ކުޑަވެއްޖެއެވެ. އެކިކަންކަން ކުރުމަށް ގަޑިގަޑި ކަނޑައަޅާލެވެއެވެ. ނަމަވެސް، ކަމެއް ކުރާނޭ ވަޤުތެއް ނުލިބެއެވެ. އިހުގައި ގެތައް އެޅިފައި އޮތީ ފަނުންނާއި ގަލުންނެވެ. ނަމަވެސް، ހިތްތަކުގައި ލޯތްބާއި ކުލުނާއި އޯގާތެރިކަން އޮތެވެ. މިހާރު ގެތައް އެޅެނީ ރަނުންނެވެ. ނަމަވެސް ހިތްތައް ހަރުވެ، ހިލަވެއްޖެއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ވެސް ހެޔޮ ވިސްނުން ދެއްވާށިއެވެ!